ކޮވިޑް-19 ގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވަޒީފާގެއްލި ބިކަވަމުންދާ ދުވަސްވަރެއްގައި، މިކަމުން އަރައިގަތުމަށް އެހީ ވުމުގެ ގޮތުން މޯލްޑިވް ގޭސް އިން ދިވެހި މުވައްޒިފުން ހޯދަން އިއުލާންކޮށްފިއެވެ.

ގިނަ ވަޒީފާތަކަށް ދިވެހިން ހޯދަން ގަސްތުކުރީ މިހާރު މޯލްޑިވް ގޭސްގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މަދުކޮށް ހީނަރުވެފައިވާ ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށް އެބޭފުޅުން މައުލޫމާތުދެއްވައެވެ. މިގޮތުން މޯލްޑިވް ގޭސްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ބިދޭސީ މަސައްކަތްތެރިންގެ އަދަދު 30 އަށް ކުޑަކުރުމެވެ. މިހާރު އެ ކުންފުނީގެ ގާތް ގަޑަކަށް 40 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީންނެވެ.

މޯލްޑިވް ގޭސްއިން މައުލޫމާތު ދޭ ގޮތުގައި ދިވެހިން ގިނަ އަދަދަކަށް ނަގަން ބޭނުންވަނީ ޑެލިވަރީކުރުމަށެވެ. މިވަގުތު ޑެލިވަރީގައި އުޅޭ މީހުންނަށް އެވެރެޖްކޮށް 9،000 ރުފިޔާ ލިބޭއިރު އެ މަސައްކަތުގައި ގިނައިން އުޅެނީ ބިދޭސީންނެވެ. މޯލްޑިވް ގޭސް އިން ވިދާޅުވެފައިވަނީ މިހާރު އިއުލާން ކޮށްފައިވާ ވަޒީފާތަކަށް ރަނގަޅު ތަރުހީބެއް ލިބޭނަމަ މުސްތަގްބަލުގައި އިތުރު ވަޒީފާތަކެއް ދިވެހިންނަށް ހުޅުވާލާނެ ކަމަށެވެ.

ވަޒީފާއާ ބެހޭ މައުލޫމާތު އެ ކުންފުނީގެ ފޭސްބުކް ޕޭޖްގެ އިތުރުން ގެޒެޓުންވެސް ލިބެން ހުންނާނެކަމަށް އެ ބޭފުޅުން މައުލޫމާތު ދެއްވައެވެ. ވަޒީފާއަށް ހޮވުމުގައި ޒުވާނުންނަށް އިސްކަން ދެއްވާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.