ޕީޕީއެމް އަދި ޕީއެންސީ ބޭރު ގައުމެއްގެ ޕަޕެޓަކަށް ނުވާނެ ކަމަށް އެ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ޗައިނާ އިން މާލީ ގޮތުން އެހީވާ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެނެވެ.

އެކަމަށް ރައްދު ދެއްވާ އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު  ކޯލިޝަނަކީ ސިޔާދަތާއި ގައުމިއްޔަތަށް ނުރައްކާވާނެ އަދި ބޭރު ގައުމެއްގެ ޕަޕެޓަކަށް ވާނެ ބައެއް ނޫން ކަމަށެވެ. އަދި ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެ ހިފަން ގޮވާލާ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވެއްދުމަކީ ޕީޕީއެމް/ޮީއެންސީ އިން ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދުވަސްވަރު ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި އޮތް އެއް މައްސަލައަކީ އިންޑިޔާއާ މާ ބޮޑަށް ގުޅުން ބަދަހިކޮށްގެން އުޅޭ ކަމަށް ކުރާ ތުހުމަތުތަކެވެ. އިދިކޮޅު ފަރާތްތަކުން އިންޑިޔާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިންކޮށް މުޒާހަރާތައް ވެސް ކުރި އެވެ.

ޗައިނާ އިން އެހީވާ ކަމަށް އާޒިމް ކުރި ތުހުމަތު އިންކާރު ކުރިއިރު ކުރީ ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބަދަހި ކުރީ ޗައިނާއާއެވެ. އަދި މާލެ ސަރަހައްދާ ރާއްޖޭގެ ގިނަ ރަށްރަށުގައި ހިންގި ބޮޑެތި މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ވެސް އެ ގައުމުގެ ކުންފުނިތަކާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *