ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ގިނަ ރައްޔިތުން ތަކެއް ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައި، އެ ބެންކުގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ރައްޔިތުންނަށް ބައިވެރިވެވޭނޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކޮމިޓީ ބޭއްވުމަށް އެދި ހައިތަމް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، ގޮތް ނޭނގޭ ގޮތަށް އެތައް ރައްޔިތުންތަކެއްގެ އެކައުންޓިން ފައިސާ ކެނޑެމުންދާކަމަށެވެ. މީގެއިތުރުންވެސް ބައެއް ޓްރާންސެކްޝަންތަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ފައިސާ ކަނޑާފައިވާކަމުގެ ޝަކުވާވެސް ސޯޝަލް މީޑިއާގައި ރައްޔިތުން ކޮށްފައިވާކަމަށް ހައިތަމް ވަނީ ވިދާޅުވެފައެވެ.

ހައިތަމް ވިދާޅުވެފައިވަނީ ރައްޔިތުން ފާހަގަކޮށްފައިވާ ޝަކުވާތަކަށް އެދެވޭ ޖަވާބެއް ބީއެމްއެލް އިން ދީފައިނުވާ ކަމަށާއި، ސަރުކާރުގެ ކުންފުނިތައް ރައްޔިތުންނަށް ޖަވާބުދާރީވާންވާނެ ކަމުގައެވެ.

ސޯޝަލް މީޑިއާގައި ގިނަ ރައްޔިތުންތަކެއް ލާފައިވާ ބޭންކް ސްޓޭޓްމެންޓްތަކުން އެނގޭ ގޮތުގައި އެބޭފުޅުންގެ އެކައުންޓްތަކުން ބޮޑެތި އަދަދުތަކުން ފައިސާވަނީ ކަނޑާފައެވެ. މީގެތެރެއިން ބައެއް ބޭފުޅުންނަކީ ކިޔަވާ ދަރިވަރުންނެވެ. އެހެންކަމުން އެކުދިންގެ އެކައުންޓްތަކުން ފައިސާ އުނިވުމަކީ ދިރިއުޅުމުގެ ކަންތައްތައް ދަތިވާނެކަމެއްކަމަށް އެކުދިން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ބީއެމްއެލް އިން ވަނީ ގޮތް ނޭނގޭ ގޮތަކަށް ފައިސާ އުނިވެފައިވާނަމަ "ޓްރާންސެކްޝަން ޑިސްޕިއުޓް" ފޯމެއް ހުށަހެޅުމަށް އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.