އިލެކްޝަން ކޮމިޝަން (އީސީ)އިން ޑީއާރްޕީގެ އިސް ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ. 

އީސީއިން މިއަދު ބުނި ގޮތުގައި ޑީއާރްޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާން ކުރާ ކަންކަން ފުރިހަމަ ކުރުމުގައި ޑީއާރްޕީއަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުންނެވެ. 

މި ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފާއި އެހެން މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

ބައްދަލުވުން ބާއްވާފައިމިވަނީ އީސީއިން ޑީއާރްޕީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. 

އީސީއިން ޑީއާރްޕީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ވެއްދީ ތިން އަހަރުގެ އޮޑިޓު ރިޕޯޓާއި، އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާތީ ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުގައި އޮޑިޓް ރިޕޯޓު ހުށަނާޅާ ނަމަ 20،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދކުން ޖޫރިމަނާ ކުރެވޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.