އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަކުރާ ކްރިސްޓަލް ޕެލަސްގެ ހެޑް އޮފް ސްޕޯޓްސް މެޑިސިން ޑރ. ޒަފަރު އިގްބާލްއާއެކު ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހާއްސަ ސެޝަންއެއް ކުރިޔަށް ގެންގޮސްފިއެވެ. 

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ޑރ. ޒަފަރާއި ގުޅިގެން ބޭއްވި މި ސެޝަންގައި ވަނީ ކޮވިޑް 19 ގެ ލޮކްޑައުން ހާލަތުގައި ފިޓްނެސް ދަމަހައްޓާނެ ގޮތް އެތުލީޓުންނަށް ކިޔައިދީފައެވެ. އަދި އެތުލީޓުންގެ ޓްރެއިނިންތަކާއި ކެއުމުގެ ކަންކަމުގެ އިތުރުން ހަށިގަނޑު ބައްޓަން ކުރާނެ ގޮތް ވަނީ ކިޔައިދީފައެވެ. 

ޑރ. ޒަފް މި ސެޝަން ފެށުމުގެ ކުރިން ބުނީ މިނިސްޓަރ މަޙްލޫފްގެ މަސައްކަތްތައް ޓްވިޓަރއިން ފެނިވަޑައިގެންނެވި ކަމަށާއި އަދި އެކަމާއި ގުޅިގެން ރާއްޖޭގެ އެތުލީޓުންނަށް މިފަދަ ސެޝަންއެއް ކުރިޔަށް ގެންދިޔުމަށް ޝައުގުވެރިކަން އުފެެދުނު ކަމަށެވެ. 

މި ސެޝަން ފެށުމުގެ ކުރިން މިނިސްޓަރ މަޙްލޫފް ވަނީ ޑރ. ޒަފަރު މިފަދަ ސެޝަންއެއް ރާއްޖޭގެ އެތުލީޓުންނަށް ކުރިޔަށް ގެންދަވާތީ ޝުކުރު އަދާކުރައްވާފައެވެ. ހަމައެހެންމެ ރާއްޖެ ވަޑައިގަތުމަށް މިނިސްޓަރ ވަނީ ޑރ. ޒަފަރުއަށް ދައުވަތު އަރުވާފައެވެ. '

ޑރ. ޒަފަރު ވަނީ މީގެކުރިން ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕަރސްގެ ޑޮކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ. ހަމައެހެންމެ ކްރިކެޓް ކުޅުންތެރިންނާއެކު ވެސް ވަނީ މަސައްކަތްކުރައްވާފައެވެ. ޑރ. ޒަފަރުއަކީ ސްޕޯޓްސް މެޑިސިންގެ ދާއިރާގައި ފުންނާބު އުސް ފަރާތެކެވެ. 

މި ސެޝަންގައި ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުން 180 އަށްވުރެ ގިނަ އެތުލީޓުން ވަނީ ބައިވެރިވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.