މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކުންފުންޏާއި (އެމްޑަބްލިޔުއެސްސީ) ހުޅުމާލެ ޑިވެލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ހުޅުމާލޭގެ ވޯޓަރ ސެކިއުރިޓީ އިތުރުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޝާހެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ.

އެމްޑަބްލިޔުއެސްސީ އިން މައުލޫމާތު ދޭ ގޮތުގައި މި އެއްބަސްވުމަކީ ހުޅުމާލޭ ފޭސް 2 އިން ފެން ރައްކާކުރާނެ ސްޓޯރޭޖް ޓޭންކް ތަކެއް ބެހެއްޓުމަށާއި ޑިސްޓްރިބިއުޝަން ޕަމްޕިންގ ފެސިލިޓީއެއް ގާއިމު ކުރުމަށް ބިން ކުއްޔައްދިނުމަށް ވެވުނު އެއްބަސްވުމެކެވެ. މީގެ ސަބަބުން ހުޅުމާލޭގައި ފެން ލިބުމަގައި ދިމާވެދާނޭ ހުރިހާ ދަތިތަކެއް ހައްލު ވެގެންދާނޭ ކަމަށް އެމްޑަބްލިޔުއެސްސީއިން އުންމީދު ކުރެއެވެ.

މިހާރުވެސް އެޗްޑީސީއާ އެމްޑަބްލިޔުއެސްސީ ގުޅިގެން މުހިންމު އެތައް ޕްރޮޖެކްޓް ތަކެއް ކުރިއަށް ގެންދެވެއެވެ. ފޭސް 2 ގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަކީވެސް ދެކުންފުނިން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *