ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. 

މަޖިލީހުގެ ދައުރު ނިންމާނުލައި ދިގު ކުރީ ވެސް މައުސޫމަށް ރުހުން ދިނުމަށްޓަކަ އެވެ. ރުހުން ދިނުން ދިގުލައިގެން ދިޔައީ މައުސޫމް އަލުން ހުވާ ކުރައްވަން ޖެހުމުންނެވެ. 

އެންމެ ފުރަތަމަ މިނިސްޓަރު ކަމުގެ ޑރ. މައުސޫމް ކުރެއްވިއިރު އޭނާ ހުންނެވީ ކުންފުންޏެއްގެ އެމްޑީގެ މަގާމުގައެވެ. ގާނޫނު އަސާސީގައިވާ ގޮތުން ވިޔަފާރިއެއްގައި މިނިސްޓަރަކަށް އަމަލީ ގޮތުން ބައިވެރިނުވެވޭނެއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ހުވާއަށްފަހުއެވެ. 

އެހެންވެ، މަޖިލީހުގައި މެންބަރުން އެކަން ފާހަގަ ކުރައްވައި މައުސޫމްގެ ހުވާ ސައްހަ ނޫން ކަމަށް ނިންމެވިއެވެ. އަދި މައްސަލަ އަލުން ކޮމިޓީއަށް ފޮނުވިއެވެ.

ކޮމިޓީއިން އަލުން ހުވާ ކުރެއްވުމަށް ލަފާ ދެއްވުމުން މައުސޫމް ވަނީ އަލުން މިނިސްޓަރު ކަމުގެ ހުވާ ކުރައްވާފައެވެ. އަލުން ހުވާ ކުރައްވާފައިވާތީ މިއަދު ވަނީ ތަޅުމުން ވެސް އޭނާގެ ނަމަށް ރުހުން ދީފައެވެ. 

މައުސޫމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *