ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާންޖަހުމަށް ޗެނަލް 13 ގައި ގޮވައި، އެކަން ބްރޯޑްކާސްޓްކުރި ކޮންޓެންޓް އެމްޑީޕީއިން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

މިގޮތުން ނެރުނު ބަޔާނުގައި، އެއްވެސް އިންސާނެއްގެ ފުރާނައަށް، މާލަށް، ނުވަތަ ޖާނަށް ގެއްލުމެއްދިނުން ނުވަތަ އެފަދަ ކަމަކަށް ހިއްވަރު ދިނުމަކީވެސް އެމްޑީޕީއިން ބަލައިނުގަންނާނެ އަމަލުތަކެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިއީ ތަހުޒީބީ މުޖްތަމައުތަކުގައި ގާނޫނާ ހިލާފުކަންތައްތައްކަން ފާހަގަކޮށް، ޗެނަލް 13ގެ އަމަލުތައް ކަމާބެހޭ ފަރާތްތަކުން ބައްލަވާ އެކަށީގެންވާ ގާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީއިން ގޮވާލާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މިނިވަން ނޫސްވެރިކަމަކީ އެމްޑީޕީއިން އިސްވެ އޮވެ ނުހަނު ގުރުބާނީތަކެއްވެގެން، ބުރަ މަސައްކަތުން ހޯދާފައިވާ އެއްޗަކަށްވާއިރު އެ ހައްގު ހިމާޔަތް ކުރުމުގައި އެމްޑީޕީއިން އަބަދުވެސް އޮންނާނޭކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައެވެ.

ޗެނަލް 13 އިން ގެނެސްދޭ "ރައްޔިތުންގެ އަޑު" ކިޔާ ށޯއެއްގައި އާންމު މީހަކު ބުނެފައިވަނީ "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގައިގާ އަލިފާން ޖަހަން" މިހެންނެވެ.

އޭނާ އެހެން ބުނުމުން ވެސް އެކަން އެ ޝޯގެ ޕްރެޒެންޓަރު ހުއްޓުވާފައެއް ނުވަތަ މެދުކަނޑާލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާއަށް ޝުކުރު އަދާކުރިއެވެ. މި މައްސަލާގައި ޗެނަލް 13 އިން ވަނީ މާފަށް އެދިފައެވެ.

އެހެންނަމަވެސް، އެފަދަ އަމަލަކަށް ގޮވާލުމާއި ބްރޯޑްކާސްޓް ކުރުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. މި މައްސަލަ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ތަހުގީގުކުރަމުން އަންނައިރު ފުލުހުން ވަނީ މި މައްސަލައިގައި ތ.ވިލުފުށިން 47އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.