ލ.ގަމުގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން އިއުލާންކޮށް ލ.ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ އެ މީހާގެ ސާމްޕަލްނެގުނީ 05 އޮގަސްޓް ގައިކަމަށާ ނަތީޖާ ލިބުނީ މިއަދު ކަމަށެވެ. ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި ޕޮޒިޓިވް ވެފައިވަނީ 62 އަހަރުގެ ފިރިހެނެކެވެ.

ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ޖަޒީރާ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮޒިޓިވްވި މީހާއަކީ މާލެއިން ލ.ގަމަށް ދަތުރުކުރުމަށްފަހު އައިސޮލޭޝަންގައި ހުރި މީހެއް ކަމަށެވެ. ކޮންޓެކްޓް ޓްރޭސިންއިން އިތުރު އެއްވެސް މީހަކާ ދިމާ ނުވާ ކަމަށާއި އައިސޮލޭޝަންގައި ހުރީ ވަކި އެޕާޓްމެންޓެއްގައި ކަމަށް ވެސް އަލީ ނަޝީދު މައުލޫމާތުދެއްވިއެވެ.

މީގެ އިތުރުން, އެ މީހާއަކީ ހައިރިސްކް މީހަކަށްވާތީ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އަލީ ނަޝީދު ވިދާޅުވިއެވެ. މިއީ މިވަގުތު ލ.ގަމުން ޕޮޒިޓިވްވެގެން އައިސޮލޭޓް ކުރާނެ ހަމައެކަނި ހައިރިސްކް ޕޭޝަންޓެވެ.

މިހާރު ލ.ގަމުގައި އެންމެގާތުން ބެލެމުންދާ ކޮވިޑް ކޭސްއަކީ ދ.ކުޑަހުވަދޫއިން ޕޮޒިޓިވް ވެގެން އިތުރު ފަރުވާއަށް ގަމަށް ބަދަލުކުރެވުނު އެއް މަހުގެ ކުޑަކުއްޖާއެވެ. އަލީ ނަޝީދު ވިދާޅުވީ ކުޑަކުއްޖާގެ މަންމަގެ އެއްވެސް އަލާމާތްތަކެއް ނެތް ކަމަށާއި ދެމައިންވެސް މިހާރު ތިބީ ފެސިލިޓީގައިކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.