ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދުގެ ހަނދާނުގައި މަޖިލީހުގައި ހުޅުވި ތަޢުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފިއެވެ. 

އެމަނިކުފާނު މި ދަފްތަރުގައި ސޮއިކުރެއްވީ މިއަދު މެންދުރުއެވެ. އެމަނިކުފާނު ސޮއިކުރެއްވިއިރު އަރިހުގައި މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުންނެވިއެވެ. 

ރައީސް ސޯލިހު ހިންނަވަރު ދާއިރާގެ މެންބަރުގެ ގޮތުގައި މަޖިލީހުގައި ހުންނެވިއިރު ހުސައިން ވަނީ މަތިވެރި ދާއިރާގެ މެމްބަރުގެ ގޮތުގައެވެ. ހުސައިން އަވަހާރަވުމާއި ގުޅިގެން ރައީސް ވަނީ ހުސައިންއަކީ ގައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. 

"އަޅުގަނޑުގެ ގާތް ރަހުމަތްތެރިއެއް، ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް،" ރައީސް ވިދާޅުވިއެވެ. 

ހުސެއިން މުހައްމަދު އުމުރުފުޅުން 71 އަހަރުގައި އަވަހާރަވެފައިވަނީ އަލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. އަވަހާރަވީ ޓްރީޓޮޕްގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ.

ހުސެއިން މުހައްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ތައުލީމީ ދާއިރާ އާއި ބްރޯޑްކާސްޓިން ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުސެއިންގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ވެސް ގެނައެވެ. ހަނދާނުގައި ހުޅުވާލި ދަފްތަރުގައި އާންމުންނަށް ވެސް ސޮއި ކުރެވޭނެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.