ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދުގެ ހަނދާނުގައި މަޖިލީހުގައި ދަފުތަރެއް ހުޅުވައިފިއެވެ. މި ދަފްތަރު ހުޅުވާފައިވަނީ މިއަދުން ފެށިގެން މިހަފްތާގެ ނިޔަލަށެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ހުސެއިން މުހައްމަދަކީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ވަރަށް ހެޔޮ އަޚުލާގެއްގެ ވެރިއެއް ކަމަށާއި ކޮންމެ ކަމެއްގައިވެސް މަޝްވަރާގެ ތެރެއިން ކަންކަން ކުރެއްވުމަށް ވަރަށްބޮޑަށް ބާރު އެޅުއްވި ބޭފުޅެއް ކަމަށެވެ. 

ޖަލްސާގައި ހުސެއިންގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ވެސް ގެނައެވެ. ހަނދާނުގައި ހުޅުވާލި ދަފްތަރުގައި އާންމުންނަށް ވެސް ސޮއި ކުރެވޭނެއެވެ. 

ހުސެއިން މުހައްމަދު އުމުރުފުޅުން 71 އަހަރުގައި އަވަހާރަވެފައިވަނީ އަލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. އަވަހާރަވީ ޓްރީޓޮޕްގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ. 

ހުސެއިން މުހައްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ތައުލީމީ ދާއިރާ އާއި ބްރޯޑްކާސްޓިން ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.