ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖެހުމަށް ގޮވާލި މީހާ ހައްޔަރުކޮށްފިއެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށިންނެވެ. ހައްޔަރުކުރި މީހާއަކީ 47 އަހަރުގެ މީހެކެވެ.  

ޗަނަލް13އިން ގެނެސްދޭ "ރައްޔިތުންގެ އަޑު" ކިޔާ ޝޯއެއްގައި އާންމު މީހަކު ބުނެފައިވަނީ "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ގައިގާ އަލިފާން ޖަހަން" މިހެންނެވެ.

އޭނާ އެހެން ބުނުމުން ވެސް އެކަން އެ ޝޯގެ ޕްރެޒެންޓަރު ހުއްޓުވާފައެއް ނުވަތަ މެދުކަނޑާލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާއަށް ޝުކުރު އަދާކުރެއެވެ.

ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލުމަކީ ޓެރަރިޒަމްގެ އަމަލަކަށް ގޮވާލުން ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލަމުންނެވެ. އެއަށްފަހު ފުލުހުންނާއި ކޮމިޝަނުން ވެސް ވަނީ މައްސަލަ ބަލަން ފަށާފައެވެ. 

މައްސަލާގެ ތަހުގީގަށް ވިލުފުށިން އެމީހާ ހައްޔަރުކުރީ މިއަދު ހެނދުނެވެ. 

މި މައްސަލާގައި ޗެނަލް13 ވަނީ މާފަށް އެދިފައެވެ. އެ ސްޓޭޝަނުން ބުނެފައިވަނީ އެއީ އެމީހާގެ އަމިއްލަ ހިޔާލެއް ކަމަށާއި އަނިޔާވެރިވުމަށް އެ ސްޓޭޝަނުން ހިތްވަރު ނުދޭނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.