ނަފްރަތު އުފައްދާ ޓީވީ ޗެނަލްތައް ނުބެލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ޗެނަލް13އަށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ. 

ޗެނަލް13އިން ދެއްކި ޝޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖެހުމަށް ވަނީ ގޮވާލާފައެވެ. އެ މައްސަލަ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ ބަލަމުންނެވެ. 

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް މީޑިއާއެއް އުވާލަން ބުނުމަކީ އެދެވޭ ގޮތެއް ނޫން ކަމަށެވެ. އެހެނަސް އެއްވެސް މީޑިއާއަކުން ރުޅިވެރިކަމާއި ހަސަދަ އާއި ފިތުނަ ފަސާދަ އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

"އަޅުގަނޑުގެ އިލްތިމާސްއަކީ އެފަދަ މީޑިއާރައް އަޑުނޭއްސެވުން، ގަބޫލު ނުކުރެއްވުން،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.