ވާދަވެރި އިންތިހާބެއްގައި ނޫސްވެރިންގެ ޖަމިއްޔާއަށް އެކްސްކޯ މެންބަރުން ހޮވައިފިއެވެ. މި އިންތިހާބު މިއަދު ކުރިއަށް ދިޔައީ އޮންލައިންކޮށެވެ. އިންތިހާބުގައި 130 އަށްވުރެ ގިނަ ނޫސްވެރިން ބައިވެރިވެފައިވެއެވެ. 

މިއަދު ބޭއްވި އިންތިހާބުގައި ނޫސްވެރިންގެ ޖަމިއްޔާގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީ މިހާރު"ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ހަމްދޫނެވެ. އޭނާއަށް 66 ވޯޓު ލިބުނުއިރު އޭނާއާ ވާދަކުރި "ދުވަސް"ގެ އެޑިޓަރު އަޒްމީ އަލީއަށް ލިބުނީ 59 ވޯޓެވެ. 

ނައިބު ރައީސްއަކަށް "ވޮއިސް"ގެ ސައުޒަމްއާ ވާދަކޮށް ކާމިޔާބު ހޯދީ ވަން އޮންލައިންގެ އަލީ ރިފްޝާންއެވެ. ރިފްޝާންއަށް 65 ވޯޓު ލިބުނުއިރު ސައުޒަމްއަށް ލިބުނީ 63 ވޯޓެވެ. 

ޖެނަރަލް ސެކްރެޓްރީއަކަށް ހޮވިފައިވަނީ ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފެވެ. އޭނާއާ ވާދަކޮށްފައިވަނީ ދަ ޕްރެސްގެ ނިމާއެވެ. ނިމާއަށް 60 ވޯޓު ލިބުނުއިރު ނާއިފަށް ލިބުނީ 64 ވޯޓެވެ. ބަޖެޓް ސެކެރެޓްރީއަށް 73 ވޯޓާއެކު ހޮވުނީ ޖަރީޒާގެ ނާޒިމެވެ. އޭނާއާ ވާދަކުރި ވަގުތުގެ ނަޒާހަތަށް ލިބުނީ 54 ވޯޓެވެ. 

އާންމު މެންބަރުންގެ ތެރެއިން އެކްސްކޯއަށް ހޮވި ދެ މެންބަރުގެ މަގާމަށް ހަތަރު ނޫސްވެރިއަކު ކުރިމަތިލިއެވެ. އެއީ މުހައްމަދު ޖުނައިދާއި ސީއެންއެމްގެ ފާތިމަތު ސާޔާ އާއި ވަގުތުގެ އާދަމް ނަވާޒާއި ދިވެހި ޗެނަލްގެ އަބްދުﷲ ޔާމީނެވެ. 

އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިގެން ކާމިޔާބު ހޯދީ ޖުނައިދާއި ސާޔާއެވެ. މި ވޯޓު ނެގުމަށް ކޮންމެ ނޫސްވެރިއަކަށް ވެސް ފެންނަ ނުފެންނަ ވޯޓެއް ލިބުނެވެ. ޖުނައިދަށް 63 ނޫސްވެރިއަކު އާނއެކޭ ބުނިއިރު ސާޔާއަށް 64 ނޫސްވެރިޔަކު އާނއެކޭ ބުންޏެވެ. ޔާމީނަށް ލިބުނީ 55 ވޯޓެވެ. އާދަމް ނަވާޒަށް 57 ވޯޓެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.