އޭޝިއާގެ ބިޔަބޮޑު ދެ ނިއުކްލިއަރ ބާރުގެ ދެމެދުގައި ހިނގާފައިވާ އަސްކަރީ ކުރިމަތިލުމަށްފަހު އިންޑިއާއާއި ޗައިނާގެ ޑިފެންސް މިނިސްޓަރުން ރަޝިއާގެ މޮސްކޯގައި ބައްދަލުކޮށްފިއެވެ. 

މި ބައްދަލުވުމަކީ ޖޫންމަހު ހިމާލިޔާ ސަރަހައްދުގައި ހިނގާދިޔަ އަސްކަރީ ކުރިމަތިލުމަށްފަހު މި ދެ ބޭފުޅުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ބައްދަލުވުން ކުރިއަށް ދިޔައީ ޝެންހާއީ ކޯރޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ)ގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމަށް ދެ ބޭފުޅުންވެސް ވަޑައިގެން އުޅުއްވާ ދަނޑިވަޅެއްގައެވެ.

ބައްދަލުވުމުގައި އިންޑިއާއިން އިސްކުރީ ޒަމާންވީ ސުލްހަވެރި ސިޔާސަތެވެ. ގާތްގަނޑަކަށް 2 ގަޑިއިރާ ބައި ދިގު ދެމިގެންދިޔަ މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ސިންހް ވަނީ އޭޝިއާ ރީޖަންގައި ސުލްހަވެރިކަމާއެކު އަމާން މާހައުލެއް ބިނާކުރެވެން އަންނަނީ ގުޅިގެން މަސައްކަތް ކޮށްގެންކަން ފާހަގަކޮށްފައެވެ. ޗައިނާގެ ޑިފެންސް މިނިސްޓްރީއާއި ހަވާލާދީ "އަލްޖަޒީރާ"ގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޗައިނާއިން ވެސް އެދެނީ އަމަންއަމާން ކަން ދެމެހެއްޓުމެވެ. އެހެންނަމަވެސް، މައްސަލައިގެ ޒިންމާ އިންޑިއާއިން ނަގަންޖެހޭނެ ކަމަށް ތަކުރާރުކޮށް ބަޔާންކޮށްފައިވެއެވެ.

ދުނިޔޭގެ ދެ ނިއުކްލިއަރ ބާރުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުން އަރައިގަތުމަށް އެހީގެ އަތެއް ފޯރު ކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް އެމެރިކާއިންވެސް ވަނީ އިއުލާން ކޮށްފައެވެ. މިކަމާ ގުޅިގެން ޗައިނާއިން ވަނީ ތިންވަނަ ފަރާތެއްގެ ބައިވެރިވުން ބޭނުންނުވާކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.