ދ. ކުޑަހުވަދޫއިން ޕޮސިޓިވްވެގެން ލ. ގަން ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދާ ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ. 

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު ޖަޒީރާ ނޫހަށް ވިދާޅުވީ އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށާއި އެ ކުއްޖާއަށް ދޭންޖެހޭ ފަރުވާތައް ދެމުންދާ ކަމަށެވެ. ހަމައެހެންމެ މީގެކުރިން ބައެއް ރަށްތަކުން ޕޮސިޓިވްވެގެން ފެސިލިޓީތަކަށް ގެންދިޔަ ބައެއް މީހުންނާއި މެދު ގޯސްކޮށް ކަންތައްތަކެއް ހިނގި ކަމަށާއި އެހެން ނަމަވެސް އެފަދަ ކަމެއް ގަމުގައި ހިނގާފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ގަމު ރައްޔިތުންނަށާއި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ކުޑަހުވަދޫއިން ކޮވިޑަށް ޕޮޒިޓިވްވި ކުއްޖާއަކީ ހޯމް ކަރަންޓީނުގައި ހުރި ކުއްޖެކެވެ. އެ ކުއްޖާ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުންނެވެ. އެ ކުއްޖާއަށް ފަރުވާދެމުންދަނީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގެ އައިސީޔޫގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.