ނ. ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. 

މި ދަނޑުގެ މަސައްކަތް ނިންމާލިކަން ހާމަކުރައްވައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނޑުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އަދި އެކަމުގައި އެހީތެރިވެދިން ކަމަށްޓަކައި އެރަށުގެ ޒުވާނުންނާއި ކައުންސިލް އަދި އެދާއިރާގެ މެމްބަރު އަހްމަދު އީސާއަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމައެހެންމެ ކުރިޔަށް އޮތް ތަނުގައި މޮޅެތި ފުޓްބޯޅަ ކުޅުންތެރިންތަކެއް ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. 

ކެނދިކުޅުދޫގެ ދަނޑަށްފަހު ކުރިޔަށް އޮތް ހަފްތާގައި ރ. އަލިފުށީ ފުޓްބޯޅަ ދަނޑު އެއްކޮށް ނިންމާލައި ލ. ގަމާއި ފުވައްމުލައް ސިޓީގެ ދަނޑުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. 

މި ދަނޑުގެ ސަބް ބޭސް މަސައްކަތް ދެ މިލިއަން ރުފިޔާއަށް ކޮށްދީފައިވަނީ ސިފައިންގެ ވެލްފެއަރ ކުންފުނިންނެވެ. އަދި 4.2 މިލިއަން ރުފިޔާއަށް ދަނޑުގައި ޓާފް އަޅާފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފުޓްބޯޅަ ދަނޑުތައް އެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު މީގެ ކުރިން ވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.