ކްރައިމް ސީނަކަށް ފުލުހުން އެޓެންޑްވެފައި - ފޮޓޯ: ފުލުހުން

ފުވަމުލަކު ސިޓީގައި މާރަމާރީ ހިންގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ ފުވަމުލަކުގައި މިދިޔަ ހުކުރު ދުވަހު މީހެއް ގައިގައި ޖަހާ، މާރަމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 25 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. 

އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.