ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ގޮވާލައިފި އެވެ.

ޝަރީފް މިހެން ވިދާޅުވީ ޗެނަލް 13 އިން ދެއްކި ޕްރޮގްރާމެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ޖެހޭ ކަމަށް މީހަކު ބުނި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގަ އެވެ.

މީގެ ކުރިން ޗެނަލް 13 ގެ ސީއީއޯއެއް ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޝަރީފް އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްގޮތަކަށް ވެސް ހިތްވަރު ނުދިނުމަށް ގޮވާލާ ކަމަށެވެ.

ރައީސްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ގޮވާލާފައި ވަނީ ޗެނަލް 13 ގެ ލައިވް ޕްރޮގްރާމަކަށް ގުޅައިގެން ވާހަކަ ދެއްކި މީހެކެވެ. އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަންގެ ސަމާލު ކަމަށް ވެސް އައިސް އެކަން ބަލާނެ ކަމަށް އެ ފަރާތުން ވެސް ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ޗެނަލް 13 އިން ބުނީ ފޯނުން ގުޅައިގެން ހުރި މީހާ ފާޅު ކުރީ އޭނާގެ އަމިއްލަ ހިޔާލު ކަމަށާއި ރައީސްއަށް ނިސްބަތްކޮށް ގެއްލުން ދޭން ގޮވާލި ހިސާބުން ފޯނު ކަނޑާލާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *