ދ. ކުޑަހުވަދޫއިން ކޮވިޑަށް ޕޮޒިޓިވްވި ކުއްޖަކު ލ. ގަމަށް ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ. 

ކުޑަހުވަދޫއިން ކޮވިޑަށް ޕޮޒިޓިވްވި ކުއްޖާއަކީ ހޯމް ކަރަންޓީނުގައި ހުރި ކުއްޖެކެވެ. އެ ކުއްޖާ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުންނެވެ. 
ގަމު ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ އެ ކުއްޖާ މިހާރު ގަމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.