ޗެނަލް 13 އަކީ ފިތުނަ ފަސާދަ އުފެއްދުމުގެ ބޮޑު އައްޑާއަކަށް ވެފައިވާ ތަނެއް ކަމަށާއި އެ ޗެނަލްއާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖެހުމަށް ޗެނަލް 13 ގެ ޝޯއެއްގައި ގޮވާލާފައި ވަނިކޮށް އެކަމަށް އިޝާރާތްކޮށް ކުރެއްވި ޓްވީޓެއްގައެވެ. 

މި ޓްވީޓްގައި އިޔާޒު ވިދާޅުވީ ޗެނަލް 13 އަކީ ވަރަށް ގިނަ ދިވެހިންގެ އަބުރު ކަތިލާފައިވާ ފިތުނަ ފަސާދަ އުފެއްދުމުގެ ބޮޑު 'އައްޑާ' އެއް ކަމަށެވެ. އަދި އިޔާޒް ވަނީ އެ ޗެނަލްއާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ގޮވާލާފައެވެ. 

ޗެނަލް 13 އިން ގެނެސްދޭ "ރައްޔިތުންގެ އަޑު" ކިޔާ ޝޯއެއްގައި އާންމު މީހަކު ބުނެފައިވަނީ "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ގައިގާ އަލިފާން ޖަހަން" މިހެންނެވެ. މިކަމާއި ގުޅިގެން އެ ޗެނަލްއިން ވަނީ މާފަށް އެދިފައެވެ. 

ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލުމަކީ ޓެރަރިޒަމްގެ އަމަލަކަށް ގޮވާލުން ކަމަށް ބުނެ ގިނަ ބަޔަކު އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލާފައިވަނިކޮށް އެ ދެ އިދާރާއިން ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް މިރޭ ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.