އިދިކޮޅު ޕާޓީ، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ޗައިނާއަށް ފުރާވަޑައިގަންނަވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

މާވަށު ދާއިރާގެ މެންބަރުކަން ކުރައްވާ ސައީދު ޗައިނާއަށް ފުރާވަޑައިގެންނެވީ މިރޭއެވެ. އެއީ ދުބާއީ މަގުން ކަމަށް މައުލޫމާތު ލިބެއެވެ. 

ސައީދުގެ ކުއްލި މި ދަތުރުގެ ތަފްސީލެއް ނުލިބެއެވެ. ނަމަވެސް އޭނާއަކީ ޗައިނާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަމުން ޗައިނާގެ އިސް ގިނަ ބޭފުޅުންނާ އޭނާ ގުޅުން އޮވެއެވެ. 

މިދިޔަ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ޗައިނާއާ ގުޅުން ބަދަހިކޮށްފައެވެ. އެއާއެކު އިންޑިއާއާ އޮތް ގުޅުމަށް އަސަރުކުރިއެވެ. މި ސަރުކާރު އައި ފަހުން މަންޒަރު ވަނީ ބަދަލުވެފައެވެ. 

މި ސަރުކާރު އައި ފަހުން އިންޑިއާގެ ގުޅުން ރަނގަޅުވެ، ޗައިނާއާ ގުޅުން ކުޑަވެފައިވެއެވެ. އިންޑިއާއާ ދެކޮޅަށް އިދިކޮޅުން މިހާރު ވަނީ މުޒާހަރާ ވެސް ފަށާފައެވެ. 

އެހެންކަމުން ސައީދުގެ ދަތުރަކީ އިދިކޮޅުގެ އިންޑިއާއާ ދެކޮޅު ހަރަކާތުގެ މައުލޫމާތު ދިނުމަށް ކުރައްވާ ދަތުރެއް ކަމަށް ބެލެވެއެވެ. ޗައިނާ އާއި އިންޑިއާއަކީ ނުފޫޒާއި ބާރުވެރިކަން އިތުރުކުރުމަށް ވާދަވެރި ދެ ގައުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.