ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ޗެނަލް13 ގައި ގޮވި މައްސަލަ ބަލާނެ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަން އިން ބުނެފިއެވެ.

ޗަނަލް13އިން ގެނެސްދޭ "ރައްޔިތުންގެ އަޑު" ކިޔާ ޝޯއެއްގައި އާންމު މީހަކު ބުނެފައިވަނީ "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ގައިގާ އަލިފާން ޖަހަން" މިހެންނެވެ.

އޭނާ އެހެން ބުނުމުން ވެސް އެކަން އެ ޝޯގެ ޕްރެޒެންޓަރު ހުއްޓުވާފައެއް ނުވަތަ މެދުކަނޑާލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާއަށް ޝުކުރު އަދާކުރެއެވެ.

ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލުމަކީ ޓެރަރިޒަމްގެ އަމަލަކަށް ގޮވާލުން ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލަމުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ ރައީސްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް13 އިން ލައިވް ކޮށްފައިވާތީ އެ މައްސަލަ ބަލާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *