ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ނިންމާލިއިރު ބާޒާރުގައި ކުރުނބަލުގެ އަގު އުފުލި ކަރަލާއި، މިރުހުގެ އަގު ދަށްވެއްޖެ އެވެ.

ބާޒާރުގައި އަގުތައް ހުރިގޮތަށް ބާލާއިއިރު ކަރާގެ އަގު އުޅެނީ 20 ރުފިޔާއި 25 ރުފިޔާއާއި ދެމެދުއެވެ. ކަރަލުގެ އަގު ދަށްވެފައިވާ ސަބަބެއްކަމަށް ވިޔަފާރިވެރިން ބުނީ ރަށްރަށުން ލިބޭ ކަރާގެ އަދަދު އިތުރުވުމާއި، ތޮއްޑޫ އިން ފަސޭހަކަމާއެކު ކަރާ ލިބުމެވެ.

ކަރާގެ އަގު ދައްވެފައި ހުރިނަމަވެސް ރަމަޟޯން މަހު ދިވެހިންގެ ކުރުނބަލުގެ އަގުތައް ހުރީ މަތީގަ އެވެ. ކުރުނބަލަކީ ފަނި ގިރުމަށް ރޯދަމަހު ގިނަ ގޭބިދީސަތުކުގައި ބޭނުންކުރާ އެއްޗެކެވެ.

ކުރުންބަޔެއްގެ އަގު 35 ރުފިޔާއަށް އުފުލިފައިވާއިރު 1.5 ލީޓަރުގެ ކުރުންބާ ފެންފުޅިޔެއް މިހާރު ލިބެމުން ހުރީ 90 ރުފިޔާއަށެވެ. މިއީ ކުރީގައި 60 ރުފިޔާއަށާއި 70 ރުފިޔާއަށް ލިބެން ހުރި ތަކެއްޗެވެ.

މީގެ އިތުރުން ކުރީގައި 40 އަށް ވިއްކަމުން އައި އަލަނާސި މިހާރު ބާޒާރުގައި ލިބެމުން އަންނަނީ 50 ރުފިޔާއަށެވެ. އަންބު ކިލޯއެއް މިވަގުތު ބާޒާރުގައި ގަންނަން ލިބެން ހުރީ 120 ރުފިޔާއި 140 ރުފިޔާއާއި ދެމެދުއެވެ.

މިތަކެޓިގެ އަގު އުފުލިފައިވަނީ މިތަކެތި ލިބުމަށް ހުރި ދަތިތަކާހުރެ ކަމަށް ވިޔަފާރިވެރިން މައުލޫމާތު ދެއެވެ. އެހެންނަމަވެސް ޕެޝަން ފުރުޓުގެ އަގު ރޯދަމަހު ހުރީ ކިލޯއެއް 70 ރުފިޔާގައި ހިފެހެއްޓިފައެވެ.

ރޯދަމަހު ފެށުނުއިރު އޮރެންޖެއްގެ އަގު 4 ރުފިޔާއާއި 5 ރުފިޔާއާއި ދެމެދު ހުރިއިރު މިހާރު މާރުކޭޓުން އޮރެންޖެއް 2.50 އަށާއި 3 ރުފިޔާއަށް ގަންނަން ލިބެއެވެ. އަދި އާފަލެއް 4 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. އޮރެންޖާއި އާފަލުގެ އަގު ހެޔޮވެފާވާއިރު ދިންކެޔޮގެ އަގު ބާޒާރުގައި ވަނީ އުފުލިފައެވެ. ދޮންކެޔޮ ކިލޯއެއް މިވަގުތު ބާޒާރުގައި ވިއްކަމުން އަންނަނީ 50 ރުފިޔާއާއި 60 ރުފިޔާއާއި ދެމެދުގައެވެ.

މިރަމަޟޯން މަހު އަގަށް އެންމެބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަ ކުރެވިފައިވަނީ މިރުހުގެ އަގަށެވެ. 50 ރުފިޔާއަށާއި 60 ރުފިޔާއަށް 100 ގުރާމު މިރުސް ވިއްކަމުން ދިޔައިރު މިހާރު ބާޒާރުގައި 25 ރުފިޔާއަށް 100 ގުރާމު މިރުސް ގަންނަން ލިބެން އެބަހުއްޓެވެ.

ޓޮމާޓޯ ކިލޯއެއްގެ އަގު 25 ރުފިޔާއިން 35 ރުފިޔާއަށް އުފުލިފާވާއިރު ލެޓިޔުސް ކިލޯއެއްގެ އަގު ވަނީ 150 ރުފިޔާއިން 110 ރުފިޔާއަށް ތިރިވެފައެވެ. މާރުކޭޓުގައި ފިޔައި އަލުވީގެ އަގަށް ބަލާލާއިރު ފިޔައި ކިލޯއެއް 10 ރުފިޔާއަށް ލިބެމުން ދާއިރު އަލުވި ކިލޯއެއް 15 ރުފިޔާއަށް ލިބެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.