ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖެހުމަށް ޗެނަލް13ގެ ޝޯއެއްގައި ގޮވާލި މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. މިކަމާ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޗަނަލް13އިން ގެނެސްދޭ "ރައްޔިތުންގެ އަޑު" ކިޔާ ޝޯއެއްގައި އާންމު މީހަކު ބުނެފައިވަނީ "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ގައިގާ އަލިފާން ޖަހަން" މިހެންނެވެ.

އޭނާ އެހެން ބުނުމުން ވެސް އެކަން އެ ޝޯގެ ޕްރެޒެންޓަރު ހުއްޓުވާފައެއް ނުވަތަ މެދުކަނޑާލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާއަށް ޝުކުރު އަދާކުރެއެވެ.

ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލުމަކީ ޓެރަރިޒަމްގެ އަމަލަކަށް ގޮވާލުން ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލަމުންނެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާމެދު އަނިޔާވެރިވުމަށް ފާޅުގައި ޗެނަލް13އިން ޕްރޮމޯޓްކޮށްފައިވާ ކަމަށާއި އެކަން ބަލައި ހުއްޓުވަން ޖެހޭ ކަމަށެވެ. 

ފުލުހުން ބުނީ ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކަމަށާއި އެ މައްސަލަ ސަމާލު ކަމަށް އައި ފަހުން މައްސަލަ ބަލަމުންދާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.