ޖަމައިކާ އާއި ނައިޖީރިއާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ނެރުނު ބަޔާނެއްގައި ބުނީ، ކުރިއަރ މަގުން ހޮނިހިރު ދުވަހު ރާއްޖެ އެތެރެ ކުރި ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ޖަމައިކާ އަދި ނައިޖީރިއާއިން ގެނައި ޕާރުސަލްތަކަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ، ނައިޖީރިއާ އަދި ޖަމައިކާއިން ފޮނުވި މަސްތުވާތަކެއްޗަކީ ކޮކައިން ކަމަށެވެ. އަދި މި މަސްތުވާތަކެތީގެ ބަރުދަނުގައި 1،547 ގްރާމް ހުންނާނެ ކަމަށް ކަސްޓަމްސް އިން ބުުންްޏެވެ.

 

މި މަސްތުވާތަކެތީގެ މަގުމަތީ އަގު ޖުމްލަ 4،737،000 ރުފިޔާ އަރާއިރަ އެވެ. މި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.