ދާދި ފަހުން މާލޭގައި ބަޔަކު އަންހެނަކު ރޭޕްކުރި މައްސަލަ ނިމިގެންދާނީ ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާ ގޯސްވެގެން ކަމަށް ވިދާޅުވެ ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން އަނީސާ އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިމަހުގެ 16 ވަނަ ދުވަހު މާލޭގައި އަންހެނަކު އުފުލާލައިގެން ގޮސް ގަދަކަމުން ގެއަކަށް ވެއްދުމަށްފަހު ރޭޕް ކުރި މައްސަލައާއި ގުޅިގެން އާއްމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ހާދިސާއާއި ގުޅިގެން އަނީސާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މައްސަލައިގައި ވެސް ކުށްވެރިވާނީ ރޭޕް ކުރި މީހުންގެ ބަދަލުގައި ޝިކާރައަކަށްވީ އަންހެން މީހާ ކަމަށެވެ. އަނީސާ ވިދާޅުވީ ރޭޕަށް މަގުފަހިކުރުވީ އަންހެން މީހާ ލައިގެން ހުރި ހެދުމެއްގެ ސަބަބުން ކަމަށާއި، އެކަނި ރޭގަނޑުގެ ވަގުތެއްގައި މަގުމައްޗަށް ނުކުތުމުން ކަމަށް ބުނެ، މި މައްސަލަ ވެސް އޮއްބާލާނެ ކަމަށެވެ.

އަނީސާ ވިދާޅުވި ފަދައިން ރޭޕްގެ ގިނަ ކޭސްތައް ނިމިގެންދަނީ ޖިންސީ ގޯނާއާއި ފުރައްސާރަ އަދި ރޭޕްގެ ޝިކާރައަކަށްވާ މީހާގެ އަބުރު ކަތިލާ، ވޭން ތަހައްމަލު ކުރަމުންދާ މީހާ ކުށްވެރިވެގެންނެވެ. އަދި ކުށްކުރާ މީހުންނަށް އަދަބު ނުދެވި މުޖުތަމައަށް ދޫވެފައި ތިބުމަކީ އާއްމު ކަމެކެވެ. ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންނަށް ޖިންސީ ކުށުގެ ތުހުމަތު ކުރެވުނު ކަމުގައި ވިޔަސް، ގިނަ ފަހަރު އެފަދަ  މައްސަލަތައް ކުރިއަކަށް ނުދެއެވެ. އަދި އެ އަނިޔާ ތަހައްމަލު ކުރާ ފަރާތަކަށް އިންސާފެއް ނުލިބެއެވެ.

ޖިންސީ އަނިޔާގެ މައްސަލަތަށް ފެށޭ ހިސާބަކީ މިއީ!

މިފަދަ ޖިންސީ ކުށުގެ މައްސަލަތަކާއި ގުޅިގެން އެދެވޭ އަދަބު ނުދެވުމާއި ގުޅިގެން އާއްމުން އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށް މަގުމައްޗަށް ވެސް ނުކުތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.