މާލޭ ވިޔަފާރިވެރިންގެ ބަނދަރު -- ފޮޓޯ: އެމްޕީއެލް

ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައި ކާބޯތަކެތީގެ ނުވަތަަ އަވަހަށް ކުނިވާ ޒާތުގެ 727 ކޮންޓެއިނަރ ކްލިއަރ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްއިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ކޮމާޝަލް ހާބަރުގެ އިތުރުން ހުޅުމާލޭ ކޮންޓެއިނަރ ޓާމިނަލްއިން ވަނީ 727 ކޮންޓެއިނަރ ކްލިއަރ ކޮށްފައެވެ.

މި ތަފާސް ހިސާބްތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނީ ބިހާއި، ފިޔަލުގެ އިތުރުން އިނގުރެވެ. އެގޮތުން 26،520 ކާޓަންގެ އާއި 18،786 ފިޔާ ގޯނި އަދި 2600 އިނގުރު ފޮށިގަނޑެވެ.

މޭވާގެ ބާވަތްތަކަށް ބަލާއިރު، 5،207 ކަރާ ބަސްތާ އާއި 2،125 ކާޓަން އަލަނާސި ކާޓޮން ވަނީ ކްލިއަރ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.