ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ރާއްޖޭގައި ޚިދުމަތްކުރާ ކުރާ ހުރިހާ ޑޮކްޓަރުންނަށް ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ ޑޮކްޓަރުންގެ ދުވަސް އެވެ.

ދުވަހުގެ ތަހުނިޔާ ޑޮކްޓަރުންނަށް ފޮނުވައި ރައީސް ސޯލިހް ކުރެއްވި ޓުވީޓްގައި ވަނީ ރައްޔިތުންގެ ހައްޤުގައި ޑޮކްޓަރުން ކުރި ބުރަ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އަދި ނިމުނު އަހަރު ދުވަހުގެ ތެރޭގައި ކުރި ބުރަ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ރައްކައުތެރިކަމާއި ދުޅަހެޔޮ ސިއްހަތެއްގައި އަހަރުމެން ބޭތިއްބުމަށް ކުރެއްވި ހުރިހާ މަސައްކަތަށް ޝުކުރިއްޔާ" ރައީސް ވިދާޅުވިއެވެ.

ދުވަހުގެ ތަހުނިޔާ ފޮނުވައި ނައިބް ރައީސް ފައިސަލް ނަސީމް ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނުވެސް ވަނީ ރައްޔިތުންނަށް ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޑޮކްޓަރުން ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އަދި ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ފާއިތުވި އަހަރެއްހާ ދުވަހު ވަރުބަލިކަމެއް ނެތި ޑޮކްޓަރުން ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރައްވާފައެވެ. ޑޮކްޓަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ޝުކުރާއި ތައުރީފް ދަނީ މެދުކެނޑުމެއްނެތި ލިބެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.