ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށާއި ދިރިއުޅުމުގެ ހާލަތަށް އަސަރުކުރި މީހުންނަށް ސަރުކާރުން ދެމުން ގެންދާ އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމަށް ހަރަދުކޮށްފައިވަނީ ރަނގަޅަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ. 

އޮޑިޓްގައިވާ ގޮތުން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 2506 މީހަކަށް 10،049،378 ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކުރިއެވެ. އޭގެ ތެރެއިން 2042 މީހުންނަކީ އާމްދަނީއަށް އަސަރުކުރި މީހުންނެވެ. އެމީހުންނަށް ދޫކުރީ 7،787،447 ރުފިޔާއެވެ. 

ބާކީ 2،261،931 ރުފިޔާ ދޫކޮށްފައިވަނީ އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން އާމްދަނީ ގެއްލުނު 464 މީހުންނަށެވެ.  

އޮޑިޓް ރިޕޯޓްގައި ބުނީ އެ ހުރިހާ ފައިސާއެއް ވެސް ދޫކޮށްފައިވަނީ އޭގެ ހައްގުވެރިންނަށް "ވެރިފިކޭޝަން ގައިޑްލައިން ފޯ އިންކަން ސަޕޯޓް ޕްރޮގްރާމް" އުސޫލާ އެއްގޮތަށް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *