ޝެފިލްޑް ޔުނައިޓެޑް އަދި ވޮލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ޓުވިޓާ / ޓުވިޓާ

ޕްރިމިއާ ލީގުގައި 0-1 ގެ ނަތީޖާއަކުން ވޮލްވްސް އަތުން ބަލިވެ، ބާކީ ހަ މެޗު އޮއްވައި ޝެފިލްޑް ޔުނައިޓެޑް ރެލިގޭޓް ވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ވޮލްވްސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ޝެފިލްޑްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

މި ހާފްގައި ޝެފިލްޑްއިން ވެސް ވޮލްވްސްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައިވީ ނަމަވެސް، އެޓީމަށް ލަނޑު ޖެހުމަށް މާ ރަނގަޅު ފުރުސަތުތަކެއް ހޯދިފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ ހާފް ނިމިފައިވަނީ ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވޮލްވްސްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 59 ވަނަ މިނެޓުގައި ވޮލްވްސްއަށް ކާމިޔާބުކޮށްދިނީ ވިލިއަން ޖޯސޭއެވެ. މި ލަނޑަށްފަހު ވެސް ވޮލްވްސްއަށް ވަނީ ލީޑު ފުޅާކުރަންވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޝެފިލްޑް ރެލިގޭޓްވެފައިވާއިރު، އެޓީމަށް 32 މެޗު ކުޅެގެން ހޯދިފައިވަނީ އެންމެ 14 ޕޮއިންޓެވެ. އެޓީމު ކުޅުނު 32 މެޗުގެ ތެރެއިން 26 މެޗުން ބަލިވެފައިވާިއުރު، މޮޅުވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ. ބާކީ ދެ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.