ޓައިގާ ޝްރޯފް އާއި ދިޝާ ޕަޓާނީ

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޯފް އާއި ދިޝާ ޕަޓާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވަނީ އަޑު ފެތުރިގެން ގޮސްފައެވެ. މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައި ނުވިނަމަވެސް ޑިނާ ތަކުންނާއި އެކިއެކި ހަފްލާތަކުންނާއި ބޭރުތެރެއިން އެކުގައި ފެނިގެންދެއެވެ.

ކޮންމެ އަކަސް މިއަދު ހެނދުނުވެސް މި ޖޯޑު ވަނީ މުމްބާއި އެއަރޕޯޓުން އެކުގައި ފެނިގެން ގޮސްފައެވެ. މި ދެތަރިން ފުރަން ގޮސް ތިބީ ކޮންތާކަށް ކަން ޔަގީން ނުވިނަމަވެސް ޕަޕަރާޒީންނާއި ހަވާލާދީ ފިންކް ވިލާގައި ރިޕޯޓްކޮށްފައިވާގޮތުން މި ޖޯޑު އައުމަށް ހަމަޖެހިފައިވަނީ ޗުއްޓީ ހޭދަކުރުމަށް ދިވެހިރާއްޖެއަށެވެ.

މިއީ މި ދެތަރިން އެކުގައި ރާއްޖެ އަންނަ ފުރަތަމަ ފަހަރެއް ނޫންނެވެ. މިދިޔަ އަހަރުގެ ފަހު ކޮޅުގައި ވެސް މި ޖޯޑުވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ބޯޑަރު އަލުން ހުޅުވާލިފަހުން ބޮލީވުޑްގެ ގިނަ ސެލްބްރިޓީން އެތައް ފަހަރެއްގެމަތިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަމުންދެއެވެ.

އެގޮތުން ސާރާ އަލީ ޚާން އާއި އޭނާގެ މަންމަ އަމްރީތާ ސިންގް ވެސް ވަނީ އިއްޔެގެ ވަގުތެއްގައި ރާއްޖެ އައިސްފައެވެ. މިއަހަރުގެ ކުރީކޮޅުވެސް ސާރާ ވަނީ އޭނާގެ ކޮއްކޮ އިބްރަހަމް އަލީ ޚާން އާއި މަންމަ އާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ޝްރައްދާ ކަޕޫރުވެސް ވަނީ ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ރާއްޖެ އައިސްފައެވެ.

މީގެ އިތުރުން މަދޫރީ ޑިކްސިޓް، ޝިލްޕާ ޝެޓީ، އަކްޝޭ ކުމާރާއި ޓްވިންކަލް ކަންނާ، ޖާންވީ ކަޕޫރު ގެ އިތުރުންވެސް ގިނަ އަފދަދެއްގެ ސެލްބްރިޓީން އާއިލާއާއި ރައްޓެހިންނާއި އެކު ރާއްޖޭގައި ވަނީ ދާދިފަހުން ވަނީ ޗުއްޓީ ހޭދަކަޮށްފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.