MIRA
އޮންލައިން ކޮށް ފައިސާ ދެއްކުމަށް މީރާއިން ވަނީ އެދިފައި -- ފޮޓޯ: މިހާރު

މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި 5,076.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ ޓެކުހުގެ ގޮތުގައި ލިބުނު 4,026.0 މިލިއަން ރުފިޔާ އާއި އެހެނިހެން ގޮތް ގޮތުން ލިބުނު 995.1 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް 8 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 5,768.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ޓެކުހުގެ ގޮތުގައި ލިބުނު 4,596.6 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު 1,066.3 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަގޮތުގައި ދައުލަތުން ވަނީ 7,093.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 5,274.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 1,819.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.