ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ %65 މަސައްކަތް ނިންމާލައިފިއެވެ. 

އެމްޓީސީސީއިން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގާނެ ސަރަހައްދެއް ހެދުމުގެ %80 މަސައްކަތް މިހާރުވަނީ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 ސްކެއާ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 ސްކެއާ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، 19,679.7 ސްކެއާ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 15 ޖޫން 2019 ގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.