ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު (72އ) މިއަދު އަވަހާރަވެއްޖެއެވެ.

އެކަމަނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، އޭޑީކޭ ހޮސްޕިޓަލުގައެވެ.

ނާއިލާ ވަނީ ތަޢުލީމީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. އެގޮތުން 25 އަހަރު ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރައްވާފައިވާއިރު އެކަމަނާ ވަނީ "ޒީނަރު"ގެ ނަމުގައި ފޮތެއްވެސް ލިޔުއްވާ ނެރުއްވާފައެވެ. ޒީނާރަކީ ކެއްކުމާއި ގުޅޭ ގޮތުން އެކަމަނާ ނެރުއްވި ފޮތެކެވެ.

ނާއިލާ އަވަހާރަވުމާއި ގުޅިގެން ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަމަނާގެ ހަނދާންތައް އައުކުރައްވާފައެވެ. ފަޒްނާ ވަނީ ނާއިލާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ނާއިލާ އިބްރާހިމް ކަލޭފާނަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަން ލީނާ މުހައްމަދު ޒާހިރު ހުސައިންއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަގާމް ފުރުއްވި ލުބްނާ ޒާހިރު ހުސެއިންގެ އިތުރުން "މިހާރު" ގެ އެގްޒެކެޓިވް ޑިރެކްޓަރ ވާއިލް ޒާހިރު ހުސެއިންގެ މަންމާފުޅެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.