ޗައިނާގައި ހުރި ނިއުކްލިޔަރ ހަތިޔާރުތައް ދެގުނައަށް އިތުރުކުރަން އެގައުމުން ނިންމާފައިވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނެފިއެވެ. 

ޕެންޓަގަންއިން އަންދާޒާކުރާ ގޮތުގައި މިވަގުތު ޗައިނާގައި ހުރީ ގާތްގަނޑަކަށް 200 ނިއުކްލިޔަރ ވާހެޑެވެ. އެހެން ނަމަވެސް އެ އަދަދު ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި ދެގުނައަށް އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ޕެންޓަގަންއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި ކަނޑާއި ވައިގެ އިތުރުން އެއްގަމު މަގުން ވެސް ނިއުކްލިޔަރ ހަމަލާ ދިނުމުގެ ގާބިލްކަން ޗައިނާއިްނ ހޯދުމާ ކައިރިކޮށްފައިވާ ކަމަށް ޕެންޓަގަންއިން ވަނީ ބުނެފައެވެ. 

ފެޑެރޭޝަން އޮފް އެމެރިކަން ސައިންޓިސްޓްސްއިން ވަނީ 320 ނިއުކްލިޔަރ ވާހެޑް ޗައިނާގައި ހުރި ކަމަށް ބުނެފައެވެ. މިއީ ޕެންޓަގަންގެ އަންދާޒާތަކަށްވުރެ އިތުރު އަދަދެކެވެ. 

ޗައިނާއިން އެގައުމުގެ އަސްކަރިއްޔާއަށް ކުރާ ހަރަދުގެ ތިން ގުނަ އެމެރިކާއިން އެގައުމުގެ އަސްކަރިއްޔާއަށް ހަރަދުކުރެއެވެ. 

އެމެރިކާގައި 6000 އަށްވުރެ ގިނަ ނިއުކްލިޔަރ ވާހެޑް ހުރިކަމަށް ބެލެވެއެވެ. އަދި ރަޝިއާގައި މި އަދަދު އުޅެނީ 4300 ހިސާބުގައި ކަމަށް ފެޑެރޭޝަން އޮފް އެމެރިކަން ސައިންޓިސްޓްސްއިން ބުނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *