ފްރާންސްގެ ރައީސް އެމާނުއެލް މެކްރޯން ރަސްމީ ދަތުރުފުޅެއްގައި އިރާޤަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިރާޤުގެ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވާނެއެވެ. އެގޮތުން އެގައުމުގެ ބޮޑުވަޒީރާއި އަދި ރައީސްއާ މެކްރޯން ބައްދަލުކުރައްވާނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ އެންމެ ދުވަހުގެ ދަތުރުފުޅެކެވެ. 

މެކްރޯން ވެގެން ގޮސްފައިވަނީ މިދިޔަ މޭ މަހުގެ ތެރޭގައި އިރާޤުގެ ކުރީގެ ޖާސޫސީ އިދާރާގެ ވެރިޔާ މުސްތަފާ އަލް ކާދިމީ ބޮޑުވަޒީރަކަށް ވެވަޑައިގެން އުފެއްދެވި ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އިރާޤަށް ދަތުރުކުރެއްވި ފުރަތަމަ ރައީސްއަށެވެ. 

ބަގްދާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްރޯން ވަނީ އިރާޤަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ބޭރުގެ ނުފޫޒާއި ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ކަމަށް ވިދާޅުވެފައެވެ. 

އިރާޤުގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުން އަންނަ ދަނޑިވަޅެއްގައި މެކްރޯން އެގައުމަށް ވަޑައިގެންފައިވަނީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ދައުލަތެއް ގާއިމްކުރުމަށް އިރާގުން ކުރަމުން އަންނަ މަސައްކަތްތަކަށް ބާރު ހޯދައިދިނުމުގެ ގޮތުންނެވެ. އެގޮތުން އެގައުމުން ވަނީ އަންނަ އަހަރުގެ ޖޫން މަހު އިންތިހާބު ބޭއްވުމަށް އިއުލާންކޮށްފައެވެ. ސަރުކާރާ ދެކޮޅަށް އިރާގުގައި ކުރި މުޒާހަރާތަކުގައި އެންމެ ބޮޑަށް ޑިމާންޑް ކޮށްފައިވަނީ އަވަސް އިންތިހާބެއް ބޭއްވުމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *