އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން މި މަސައްކަތް ހަވާލުކުރީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ. މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. ޕޮލްވެކްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފްއެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 2 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 12،543،231.75 ރުފިޔާ ކަމަށް ވެސް މިނިސްޓްރީއިން މައުލޫމާތު ދެއެވެ. ގާތްގަނޑަކަށް 9200 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ސިންތެޓިކް ޓްރެކް އެޅިގެންދާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ. 

މި މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތެކެވެ. އެކަމަށްޓަކައި މިނިސްޓަރ މަޙްލޫފް ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކުރިން އެތަނުގެ ބިންގަނޑު އެއްވަރުކޮށް ސަބް ބޭސް ހެދުމުގެ މަސައްކަތް ސީއެސްއާރުގެ ދަށުން ކޮށްފައިވަނީ އާރުކޭއެލް ގްރޫޕުންނެވެ. 

މިނިސްޓަރ މަޙްލޫފް ވަނީ މި މަސައްކަތް ނޮވެމްބަރު 11 އަށް ނިންމާލުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.