ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރު ގެނައުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލަ ބެލުމުގައި ފުލުހުންގެ ދައުރެއް ވެސް އޮންނާނެ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހަމީދު ވިދާޅުވީ ހެލްތު މިިނިސްޓްރީގެ ރިޕޯޓުގައި އޮޑިޓާ ޖެނަރަލް ފާހަގަ ކުރައްވާފައިވާ މައްސަލަތައް ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއް ގޮތުގައި ކަމަށެވެ.

"ހެލްތު މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ކަންތައްތަކެއް ނުވަތަ ތުހުމަތުކުރެވޭ ކަންތައްތަކެއްގެ މައްޗަށް ބެލެވެމުންދާ މައްސަލާގައި ޕޮލިސް ސާވިސްގެ ބައިވެރިވުންވެސް އެބައޮތް. އަޅުގަނޑުމެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަމުން ގެންދަނީ. އެ ތަހުގީގު ކުރިޔަށް އެބަދޭ،" ހަމީދު ވިދާޅުވި އެވެ.

ކޮވިޑް-19 ގައި ހެލްތު މިނިސްޓްރީ އިން ހަރަދު ކުރި ގޮތް ބެލުމަށް ހެދި އޮޑިޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަވެ، އެކަން ރައްޔިތުންގެ މަޖިލީހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.