ދ. ހުޅުދެލި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 20 ޕަސަންޓް މަސައްކަތް ނިމިއްޖެ އެވެ.

ހުޅުދެލި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހުޅުދެލި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 20 ޕަސަންޓު ނިމިފައިވާ ކަމަށާއި އަދި ފަޅު ފުން ކުރުމުގެ މަސައްކަތުން 26 ޕަސަންޓު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން މި މަޝްރޫއު މޮބިލައިޒް ކުރެވިފައި ވަނީ މިދިޔަ ޖޫން މަހު 25 ގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 45,585 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށުގައި 432 މީޓަރުގެ ބަނދަރެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 277 މީޓަރުގެ ބޭރު ތޮއްށި ވެސް ލާނެ އެވެ.

މީގެ އިތުރުން އެ ސަރަހައްދު ހިމާޔަތް ކުރުމަށް 60 މީޓަރުގެ ގްރޮއީންސް ޖެހުމަށާއި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ނިންމައިފައެވެ.

މި މަޝްރޫއަށް ޖުމުލަ 39.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.