ގއ. ދާންދޫއިން ކޮވިޑަށް ޕޮޒިޓިވްވީ ދެ މީހުން ވިލިނގިއްޔަށް ގެންދިޔުމުގެ މަސައްކަތް ފަށައިފިއެވެ. ހުވަދު އަތޮޅުގެ ކޮވިޑް ފެސިލިޓީ ގާއިމްކޮށްފައިވަނީ ވިލިނގިލީގައެވެ. 

ދާންދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހުންނެވެ. އެމީހުން ފެސިލިޓީއަށް ގެންދިޔުމަށް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. 

ވިލިނގިއްޔަށް އެމީހުން ގެންދިޔުމުގެ މަސައްކަތް ކުރަމުންދާއިރު ވިލިނގިލީގައި ފުލުހުން ތިބީ ހަތިޔާރާއެކު ތައްޔާރީ ހާލަތުގައި ކަމަށް ޖަޒީރާއަށް ވަނީ މައުލޫމާތު ލިބިފައެވެ. 

އިއްޔެ، ވިލިނގިލީގައި ވަނީ ކޮވިޑް ފެސިލިޓީއަށް ގދ. ތިނަދޫއިން ޕޮޒިޓިވްވި މީހާ ގެންދިޔުމާ ދެކޮޅަށް މުޒާހަރާކޮށް އެކަން ހުއްޓުވާފައެވެ. އެކަމުގައި ފުލުހުންނަށް ފިޔަވަޅު ނޭޅުމުން ފާޑުކިޔުން ވެސް އަމާޒުވިއެވެ. 

ތިނަދޫ މީހާ ވިލިނގިއްޔަށް ނޭރުވި އަނބުރާ ގެންދިޔައީ ތިނަދޫއަށެވެ. ފަހުން އެމީހާ ވަނީ މާލެ ގެނެސްފައެވެ. ސަރުކާރުން މިހާރު ވަނީ ތިނަދޫގައި ފެސިލިޓީއެއް އަޅަން ވެސް ނިންމާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.