ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރާތާ 2 ހަފްތާފަހުން ކަރެންޓީން އަކާއި ނުލާ އަތޮޅުތެރެޔަށް ދަތުރުކުރުމުގައި  އަމަލުކުރާނެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން އިއުލާންކޮށްފައިވާ ގޮތުގައި، އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑްގެ ވެކްސިން ގެ ޑޯޒް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެއެވެ. އަދި، އާބާދީގެ 60 އިންސައްތައަށް ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށްވެސް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފު ތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނުވުމަކާއި ނުލައި ދަތުރުކުރެވޭނެއެވެ.

އެހެންނަމަވެސް، މިފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަ ދިނުމުގައި ވަކި ގޮތްތަކަކަށް އަމަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) 5 އިންސައްތަ އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓެއް ބޭނުންވާނެއެވެ.

އަދި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 2 ހަފްތާ ވެފައިވާ ފަރާތަކާއިއެކު ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދީން ދަތުރުކުރަން ޖެހޭނަމަ، އެ ކުދިިންގެ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓެއް ބޭނުންވާނެއެވެ.

މީގެއިތުރުންވެސް، 2 ޑޯޒް ފުރިހަމަކުރިތާ 2 ހަފްތާ ފަހުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން، .ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކާއި، ޑޭ ކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، .ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް ފިޔަވައިއެހެން ފަރާތްތައް ޕީ.ސީ.އާރް ނެގެޓިވް ޓެސްޓެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

އެޗްޕީއޭ އިން މިގެނައި ބަދަލާއެކު، ރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ވެކްސިން ޖެހިފައިވާ ރަށްރަށާއި، ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް 5 އިންސައްތަ އަށްވުރެ ދަށް ރަށްރަށާއި، ސާމްޕަލްގެ ޕޮޒިޓިވް ރޭޓް 5 އިންސައްތަ އަށްވުރެ މަތި ރަށްރަށް އެޗްޕީއޭ އިން އާންމުކުރާނެއެވެ.

ރާއްޖޭގެ ވެކްސިން ޕޯޓްފޯލިއޯއަށް ބަލާލާއިރު ސައިނޯފާރމްގެ 200،000 ޑޯޒް މިހާރު ރާއްޖެ ގެނެސްފައިވާއިރު، ކޮވެކްސް ފެސިލިޓީ އިން ވަނީ ފައިޒާ ވެކްސިންގެ 5،850 ޑޯޒް ހަދިޔާކޮށްފައެވެ. އޭގެއިތުރުން އޮކްސްފޯޑް ވެކްސިންގެ 700،000 ޑޯޒް ސަރުކާރުން ގަނެފައިވެއެވެ. ސަރުކާރުން ވަނީ "ކޮވިޝީލްޑް" ގެ އިތުރު ޑޯޒްތައްވެސް ސީރަމް އިންސްޓްޓިއުޓް އިން ގަންނަން ނިންމާފައެވެ. އޭގެ ތެރެއިން 100،000 ޑޯޒް މިހާރު ރާއްޖެއަށް ލިބިފައިވެއެވެ.

މާލޭގައި މިހާރު ދަނީ ސައިނޯފާރމް ވެކްސިން ދެމުންނެވެ. މީގެއިތުރުން، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް އަންނަނީ މާލެ ސަރަހައްދުގައި ދެމުންނެވެ. ވެކްސިން ޖެހުމަށް އަންނަ މީހުންގެ އަދަދުތައް ގިނަވުމާއި އެކު މާލެ ސަރަހައްދުގެ ވެކްސިނޭޝަން ސެންޓަރުތައް ރޭގަނޑު 21:00 ފެށިގެން 23:45 ހަމަޔަށް ހުޅުވާފައި ހުންނާނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *