މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކޮށްފައިވާ ސްޓުޑަންޓް ލޯންތައް މި އަހަރުގެ ނިޔަލަށް ފަސް ކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މީގެ ކުރިން ވެސް ވަނީ ސްޓުޑަންޓް ލޯނާއި އެޑިއުކޭޝަން އެސިސްޓަންޓް ލޯނު އަންނަ ސެޕްޓެމްބަރު މަހާ ހަމަޔަށް ފަސްކޮށްދީފަ އެވެ. 

އެހެން ނަމަވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހާލަތަށް ބަދަލެއް ނަންނާތީ މިއަހަރުގެ ނިޔަލަށް ލޯނުތައް ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ލޯނުތައް ފަސްކޮށްދީފައިވާއިރު މާލީ އިދާރާތަކާއި ގިނަ ބެންކުތައް ވެސް ވަނީ ކުރިން ހަ މަހަށް ފަސްކޮށްދިން ލޯނުތައް މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ކޮވިޑް-19 ގެ ހާލަތުގައި ދަރިވަރުންގެ ކިޔެވުން މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިޔުމަށްޓަކައި ލުއިތަކާއި އެހީތަކެއް ވެސް ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖައްސާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.