ރާއްޖޭގައި ފިލައިގެން އުޅޭ 11 ބިދޭސީއަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހޯދަން އިއުލާންކޮށްފައި ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާ ބައެއް ކަމަށެވެ. އަދި އެ މީހުން ފިލާފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ މީހުންގެ ފޮޓޯ އާއި ޕާސްޕޯޓް ނަމްބަރާއެއްކޮށް އާންމުކޮށްފަ އެވެ. އަދި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅައި މައުލޫމާތު ހިއްސާ ކުރަން ފުލުހުން އެދިފަވެއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުމާ ގުޅިގެން އެންމެ ފުރަތަމަ ގިނައިން ޕޮޒިޓިވް ކޭސްތައް ފެންނަން ފެށީ ބިދޭސީންގެ ފަރާތުންނެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލަން މަސައްކަތް ފަށައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.