ކުޅިވަރު
އެފްއޭއެމްގެ މައްސަލަ: ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
އެފްއޭއެމްގެ ރައީސް ބައްސާމް --- ފޮޓޯ/ ވަން ސްޕޯޓްސް

ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފިއެވެ.

އެފްއޭއެމްގެ ފައިސާގެ މައްސަލަތައް ބަލަމުންދާ އިރު، އެ އިދާރާގެ މައްޗަށް ކޮރަޕްޝަނާއި، މަނީ ލޯންޑަރިން އަދި ހިޔާނާތުގެ ތުހުމަތުތައް ކޮށްފައިވެއެވެ. އަަދި ދާދިފަހުން ވަނީ އެ މައްސަލައިގައި އެފްއޭއެމްގެ އިދާރާއަށްވެސް ވަދެފައެވެ. ފުލުހުން މިއަދު ވިދާޅުވީ އެފްއޭއެމްގެ މައްސަލައިގައި ޕީޖީގެ އަމުރަކަށް ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

ބައްސާމްގެ ފާސްޕޯޓް ހިފަހައްޓާފައިރު، އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތުތަކެއް އަމާޒުވަނީ ބައްސާމަށް ކަމަށާއި ހެކި ހޯދުމަށް ފަހު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ދައުވާ ކުރެވޭނެ ކަމަށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ހުސައިން ޝަމީމް ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފައެވެ.

“ފުލުހުންނާއި އަޅުގަނޑުގެ ތުހުމަތަކީ އެފްއޭއެމްއަށް ފީފާއިން ފޮނުވާ ފައިސާ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރަނީއޭ. ރާއްޖޭގައި އެބަހުރި އެކި ގައުމުތަކުން ފޮނުވާ ފައިސާ ބޭނުންކުރާނެ އުސޫލުތަކެއް، ގާނޫނުތަކެއް ހަދާފަ. ފީފާއިން ފޮނުވާ ފައިސާއަކީ އެފްއޭއެމްއަށް ފޮނުވާ ފައިސާއެއް ނޫން. ދިވެހި ރައްޔިތުންނަށް ދޭ ފައިސާއެއް. އެ އަމާނާތް ވަކި ބަޔަކާ ހަވާލުކޮށްފައި މި އޮންނަނީ. އެ ފައިސާ އެންމެ ރަނގަޅަށް ބޭނުން ކޮށްފައިވޭތޯ މި ބަލަނީ. އެބަހުރި ފެންނަން އެކިއެކި ގޮތްގޮތަށް ފައިސާ ޖަމާކޮށްފައިވާ ތަން،” ޝަމީމް ވިދާޅުވެފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top