އިންޑިޔާގެ އެހީގައި ދ. ވާނީގައި ހެދި ޕޮލިސް ޓްރެއިނިން ސެންޓަރު އެޅުމުގެ މަސައްކަތް ނިންމާލައިފި އެވެ.

މި މަޝްރޫއަކީ އިންޑިއާގެ ގްރާންޓް އެހީގެ ދަށުން، އަށް މިލިއަން ރުފިޔާގެ އެހީގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިންގި މި މަޝްރޫއެކެވެ. މިއަދު ވަނީ އެ ސެންޓަރުގެ މަސައްކަތް ނިމުން ފާހަގަކުރުމަށް އިސްކަންދަރު ކޮށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

އެގޮތުން މި މަޝްރޫއު އިފްތިތާހު ކުރެވިފައިވަނީ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދްއާއި، ހޯމް މިނިސްޓާ އިމްރާން އަބްދުﷲއާއި، ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދް އަދި ހައި ކޮމިޝަނާ ސަންޖޭ ސުދީރުގެ ހާޒިރުގައެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ގްރާންޓް އެހީގެ ގާތްގަޑަކަށް 200 މިލިއަން ރުފިޔާގެ (12.6 މިލިއަން ޑޮލަރު) ދަށުން ހިންގޭ 29 މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަންޖޭ ސުދީރު ވަނީ ފުލުހުންގެ 16 އަހަރުގެ އަގުހުރި ހިދުމަތް ފާހަގަކުރައްވާފަ އެވެ. އަދި ކާމިޔާބުކަމާއިއެކު މި މަޝްރޫއު ފުރިހަމަ ކުރެވިފައިވާކަން ފާހަގަކޮށް މަރުހަބާ ދެންނެވި އެވެ. އަދި އިންޑިއާގެ އެހީގެ ދަށުން ހިންގޭ ތަރައްގީގެ އެކި މަޝްރޫއުތައް އަމަލީ ގޮތުން ހިންގާ އިމްޕްލިމެންޓިން އޭޖެންސީތަކަކީ އަބަދުވެސް ދިވެހި މުއައްސަސާތައް ކަމަށް ހައި ކޮމިޝަނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުންގެ އެތައް އޮފިސަރުންތަކެއް އިންޑިއާގައި ތަމްރީން ހާސިލްކުރައްވާފައިކަން ފާހަގަކުރައްވާ، ހައި ކޮމިޝަނާ ވިދާޅުވީ މިއީ އިންޑިއާއަށް ލިބޭ ފަހުރެއް ކަމަށެވެ. އެގޮތުން ސީޕީ ހަމީދްއަކީ އިންޑިއާގެ އެންމެ ފެންވަރު ރަނގަޅު ޕޮލިސް އެކެޑަމީ ކަމުގައިވާ ހައިދަރްއާބާދްގެ އެސްވީޕީ ނެޝަނަލް ޕޮލިސް އެކެޑަމީ އިން ތަމްރީން ހާސިލްކޮށްފައިވާ މީހެއް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

ސްޕެޝަލައިޒްޑް ޕޮލިސް ޓްރެއިނިން ފޯރުކޮށްދެވޭނެ ދ. ވާނީ ޕޮލިސް ޓްރެއިނިން އެކެޑަމީ ތަރައްގީ ކުރުމުގެ ދެވަނަ ފޭޒްގައި ބައިވެރިވެވުމަކީ އިންޑިއާއަށް ލިބުނު ފަހުރެކެވެ. އަދި އިންޑިއާގެ 30 މިލިއަން ޑޮލަރުގެ އެހީގެ ދަށުން އައްޑޫގައި ގާއިމްކުރެވޭ ޖެނެރަލް ޕޮލިސް ޓްރެއިނިން ސެންޓަރެއް ކަމުގައިވާ އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އައިލްސް) ގެ ސަބަބުން ދިވެހި ޕޮލިހުންނަށް ތަމްރީނާއި ތަރައްގީގެ އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. 

އިންޑިއާއަކީ ޒަމާނުއްސުރެ ދިވެހި ފުލުހުން ތަމްރީނުކޮށް ތަރައްގީކުރުމުގެ ބައިވެރިއެކެވެ. މި ގުޅުމަށް ކޮވިޑް-19 ގެ ސަބަބުން ހީނަރުކަމެއް އައިސްފައެއް ނުވެއެވެ. ދާދި ފަހުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ނުވަ އޮފިސަރަކު ވަނީ 'ޕޮލިސިން ޑިއުރިން ދަ ޕެންޑެމިކް' ގެ ނަމުގައި ހިންގުނު އީ-އައިޓެކް ކޯހެއްގައި ބައިވެރިވެފައެވެ.

ވާނީ ޕޮލިސް ސެންޓަރު ތަރައްގީކުރުމަށް ފޯރުކޮށްދެވުނު ގްރާންޓްގެ ދަށުން ވަނީ ރިވާސް އޮސްމޯސިސް ޕްލާންޓްއަކާއި، ރެޕެލިން ޓަވަރަކާއި، ފަތާ ޓްރެކެއް އަދި ޖިމެއް ގާއިމްކުރެވިފައެވެ. ޖިމަށް ބޭނުންވާ އިކުއިޕްމެންޓްގެ އިތުރުން ސެންޓަރަށް ބޭނުންވާ ވެހިކަލްތައްވެސް ގެނެވިފައި ވަނީ އިންޑިއާގެ ގްރާންޓް އެހީގެ ދަށުންނެވެ.

ދިވެހި ފުލުހުންނަށް އެތައް ފައިދާތަކެއް ކުރުވަނިވި، އަދި ޕޮލިސް ފޯސް ވަރުގަދަކޮށް، ޒިންމާތަށް އެންމެ ފުރިހަމައަށް އަދާ ކުރުމަށް މަގުފަހު ކުރުވާ މިފަދަ މަޝްރޫއު ތަކުގައި ބައިވެރިވެ އެހީތެރިވެވޭ ކަމަކީ އިންޑިއާއަށް ލިބޭ ފަހުރަކާއި އުފަލެކެވެ.

މި
މަޝްރޫއުއަކީ އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައިވާ ތަރައްގީގެ ގާތްޅުން
ރަމްޒުކޮށްދޭ، ޓްރާންސްޕޭރެންޓް، ޕާޓިސިޕޭޓިވް އަދި ދިވެހިރާއްޖޭގެ ފަރާތުން
މަޝްރޫއު ހިންގާ މުއައްސަސާގެ ބޭނުންތަކަށް ފެތޭ މަޝްރޫއުއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.