ހުޅުމާލޭގައި އަލަށް އަޅާފައިވާ ފުލުހުންގެ އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ހުޅުމާލޭގައި ބޭއްވި ހަފްލާއެއްގައި ފުލުހުންގެ އާ އިމާރާތް ހުޅުވާދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން ގެންދާ އަދި ކުރިޔަށް އޮތްތަނުގައި ގިނަ ބަޔަކު އާބާދުވާނެ ކަމަށް ލަފާ ކުރާ ހުޅުމާލޭގައި މީގެ ކުރިން ހުންނަނީ ފުލުހުންގެ ވަގުތީ އިމާރާތެކެވެ. އެހެން ނަމަވެސް އާ އިމާރާތުގެ މަސައްކަތް ފަށައި މިދިޔަ އަހަރު ހަދާ ނިންމި އެވެ.

ތިން ފްލޯއަކަށް ހަދާފައި ހުންނަ މި އިމާރާތުގެ ބޮޑުމިނުގައި 23،225 އަކަފޫޓު ހުރެ އެވެ. އަދި އެ މަޝްރޫއަށް ޖުމުލަ 27.5 މިލިއަން ވަނީ ހަރަދުކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.