ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއުރު، ހުރިހާ ދިމާލަކުންވެސް ޤައުމުގެ ކަންކަން އޮތީ ބޮއްސުންލާފަ އެވެ. ބަލާލި ކޮންމެ ދިމާލަކުންްވެސް ފެންނަން އޮތީ އިސްލާހްކުރަންޖެހިފައިވާ ކަންކަމެވެ. އެގެތެރެއިންވެސް އެއް ދާއިރާއަކީ ހާރިޖީ ދާއިރާ އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ހާރިޖީ ދާއިރާ އޮތީ ދުވަހަކުވެސް އަޑިއަށް ނުދާނެ މިންވަރަށް އަޑި ވަޅުގަނޑަކަށް ވެއްޓިފަ އެވެ.

ވަކި ޤައުމަކަށް ތާއީދުނުކުރާ މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅެމުންދިޔަ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ދެ ޤައުމެއް ބޭނުންވާގޮތަކަށް ކުޅޭ ފުށްގަނޑަކަށް ހަދާފަ އެވެ. ދެ ޤައުމަކުން ނުރުހޭ، ކޮންމެ ޤައުމަކީ ހަތުރެއް ކަމުގައި ދެކި، ހާރިޖީ ގުޅުންތައް ކަނޑާލުމުގެ ސިޔާސަތެއް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިޔައީ ގެންގުޅުއްވަމުންވެ. އަވަށްޓެރިންނާއި މޫނު ކެނޑި، އަވަށްޓެރިންނަކީވެސް ހަތުރުންގެ ގޮތުގައި ދެކުމުގެ ނަތީޖާއަކަށްވީ، ދިވެހި ރައްޔިތުން އެތަށް ތަކުލީފުތަކެއް އުފުލަންޖެހުމެވެ.

އެ ހާލަތުގައި ވެރިކަމާއި ހަވާލުވެވަޑައިގެން، ރައީސް ސޯލިހް އެންމެ ފުރަތަމަވެސް ކުރައްވަން ފެއްޓެވި އެއް މަސައްކަތަކީ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރެއްވުމުގެ މަސައްކަތެވެ. މޫނު ކެނޑިފައި ތިބި އަވަށްޓެރިންނާއި ގުޅުން ބަދަހިކޮށް، ނެތެމުންދިޔަ ދިވެހިންގެ އަޑު ބައިނަލްއަޤުވާމީ ދުނިޔޭގައި އިއްވާލުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވި އެވެ.

މޫނު ކެނޑި، ނެތެމުން ދިޔަ ހާރިޖީ ގުުޅުމަކީ ވެރިޔަކު ފިލައި އޮންނަވައިގެން އިއާދަކުރެވޭނެ ގުޅުމެއް ނޫންކަމީ ކޮންމެ ދިވެހި ރައްޔިތަކުވެސް އިއްތިފާޤްވާނެ ކަމެކެވެ. އެ ސަބަބާއިހުރެ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެކި ޤައުމުތަކަށް ދަތުރުތައް ފެއްޓެވި އެވެ. ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތް ފެއްޓެވި އެވެ. ރާއްޖޭގެ އެކި މަޝްރޫއުތައް އެހީތައް ހޯދުމާއި، ދިވެހިންގެ އަޑު ބައިނަލްއަޤުވާމީ ދުނިޔޭގައި އިއްވާލުމުގެ މަސައްކަތްކުރެއްވި އެވެ. އެ ދަތުރުފުޅުތަކާއި، އެ ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ދިވެހިންނަށް މިއަދުވެސް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ދަނީ ފެންނަމުންނެވެ. އެކި ޤައުުމުތަކުގެ އެހީއާއެކު، ދިވެހިންނަށް މިއިން ދުވަހަކު ނުލިބޭ ލުއި ފަސޭހަތަކެއް ބައެއް ޤައުމުތަކުން ހަމަޖައްސައިދިނެވެ.

ރައީސް ސޯލިހްގެ އެ ދަތުރުފުޅުތަކުގެ ތެރެއިން ދިވެހިންނަށް އެތަކެއް ލުއި ފަސޭހަތަކެއް ލިބިފައިވަނިކޮށް، ކުއްލިއަކަށް އިދިކޮޅުގައިި ތިއްބެވި ބޭފުޅުންތަށް އެމަނިކުފާނުގެ ދަތުރުފުޅުތަކަށް ހަރަދުކުރެއްވީ ދައުލަތުގެ ބަޖެޓުންކަމަށްވާތީ އެއީ ބޭކާރު ހަރަދެއްކަމަށް ދެއްކުމަށް މަސައްކަތް ކުރެއްވުމުން ހަމަ ހަޤީޤަތުގައިިވެސް އެ ބޭފުޅުންނަކީ ޤައުމުގެ ހައްޤުގައި މަސައްކަތް ކުރައްވާ ބަޔެއްކަމާއިމެދު ސުވާލު އުފެދެއެވެ.

ތެދެކެވެ. ޤައުމުތަކަށް ދަތުރު ނުކުރައްވާ ފިލާ އޮންނެވި ވެރިޔަކަށް ތާއީދުކުރާ ބަޔަކަށް، ޤައުމެއްގެ ވެރިޔަކު އެހެން ޤައުމަކަށް ދަތުރުކުރެއްވުމަށް ހަރަދެއް ކުރެއްވުމަކީ ވަރަށް ބޮޑު ކަމަކަށް ވެދާނެ އެވެ. އަދި އދ. ގެ އާންމު މަޖިލީހުގައ ހަމައެކަނި ތަޤުރީރު ނުކުރައްވަ ރައީސަކަށް ތާއީދުކުރާ ބަޔަކަށްވެސް މިކަންކަމަކީ ގަބޫލުނުކުރެވޭކަމަކަށް ވެދާނެ އެވެ. އެހެނީ ވެރިކަމުގެ ދައުރު ނިންމަވާލެއްވިއިރު، ވަޑައިގެންނެވީ މަދު ޤައުމަކަށެވެ. އޭގެތެރޭގައިވެސް ގިނައީ ހުދުމުހުތާރު އުސޫލުތައް ގެންގުޅުއްވާ ވެރިން ހިމެނިވަޑައިގަންނަވާ ޤައުމުތަކެވެ. އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރްކުރެއްވުމަށް ބިރުން، ކޮންމެ އަހަރެއްގެ އާންމު މަޖިލީހަށްވެސް ފޮނުއްވެވީ ކޮންމެވެސް އެހެން ބޭފުޅެކެވެ. މުޅި ދުނިޔެއަށް ފިލާ އޮންނަވާ ވެރިކަމުގެ ބޮޑު ބަޔެއް ނިންމަވާލެއްވީ، ވެރިކަން ވެއްޓިދާނެކަމަށް ބިރަށް، ޤައުމުގައި ހުންނަވާ ސިޔާސީ ފަރާތްތައް ހައްޔަރުކުރެއްވުމުގަ އެވެ.

އެހެންކަމުން އެފަދަ ބަޔަކަށް ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު، ރައްޔިތުންގެ ބަޖެޓުން ޤައުމުން ބޭރަށް ދަތުރުފުޅެއް ކުރެއްވުމަކީ ވަރަށް ބޮޑުކަމެއްގެ ގޮތުގައި ދެކުމަކީ ހަމަ އެކަށީގެންވާ ކެމެވެ. ނަމަވެސް މި ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަކީ މިއިން ކޮންމެ ދަތުރުފުޅަކަށް ކުރާ ހަރަދާއި، އެ ދަތުރުފުޅަކުން ދިވެހިންނަށް ލިބޭ އެހީތަކާއި، ލުއި ފަސޭހަތަކެވެ. އެއިން ކޮންމެ ދަތުރުފުޅެއްގެ ތެރެއިން އެތަށް އެއްބަސްވުމެއްގަައި ސޮއިކޮށް، އެތަށް އެހީތަކެއް ލިބޭ ކެމެވެ.

އިތުރު ކަމެއްވެސް މިކަމުގައި ފާހަގަކޮށްލުން މުހިންމު އެވެ. އެއީ ރަސްމީ ދަތުރުތައް ނުކުރެއްވި ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔަމީން ލައްކަ ގިނަ ނުރަސްމީ ދަތުރުތައް ކުރެއްވި ބޭފުޅެއް ކަމެވެ. ސިންގަޕޫރަށް އެތަށް ދަތުރެއް ކުރެއްވިއިރު، މިއިން ކޮންމެ ދަތުރަކަށް ހަރަދުކުރީ ހަމަ ދިވެހި ރައްޔިތުންގެ މާލިއްޔާއިންނެވެ. ބެންކޮކަށްވެސް އެތަށް ދަތުރެއް ކުރެއްވި އެވެ. މުޅިންވެސް ނުރަސްމީ ދަތުރުތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *