ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެއެވެ. 

އޭނާ ކޮވިޑް 19 އަށް ޕޮސިޓިވްވިކަން އޭނާގެ އައު ކްލަބް ރެއާލް ސޮސިއެޑާޑްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ކޮވިޑަށް ޕޮސިޓިވްވި ނަމަވެސް އޭނާގެ ކިބައިން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް އެކްލަބުން ވަނީ ބުނެފައެވެ. އޭނާ މިވަގުތު ހުރީ ސެލްފް އައިސޮލޭޝަންގައެވެ. 

އޭނާ ކޮވިޑަށް ޕޮސިޓިވްވިކަން ސޮސިއެޑާޑްއިން ހާމަކުރީ އޭނާ އެ ކްލަބާއި ރަސްމީކޮށް ގުޅުނު ފުރަތަމަ ދުވަހުއެވެ. 

ސްޕެއިންގެ ފުޓްބޯޅަ ސީޒަން މި މަހުގެ 12 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު ސޮސިއެޑާޑްގެ ފުރަތަމަ މެޗުގައި 13 ވަނަ ދުވަހު ނުކުންނާނީ ރެއާލް ވަލަޑޮލިޑްއާ ދެކޮޅަށެވެ. މިދިޔަ ސީޒަނުގައި ސޮސިއެޑާޑުން ލަލީގާ ނިންމާލީ ހަވަނައިގައެވެ.

ހިލޭ ޓްރާންސްފަރއެއްގެ ދަށުން ސިލްވާ ސިޓީ ދޫކޮށްލީ އޭނާގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. ސިޓީގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި އޭނާ ވަނީ އެޓީމާއެކު 14 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އެގޮތުން ސިޓީއަށް އޭނާ 436 މެޗު ކުޅެދީފައިވާއިރު އެޓީމުން އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކުރި ކޮންމެ ސީޒަނެއްގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.