ކޮވިޑްގެ ބަލި މީހާ ގއ. ވިލިނގިއްޔަށް އެރުވުމަށް ދެކޮޅު ހަދައި އެ ރަށުގައި މުޒާހަރާ ކުރުމުން މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ވިލިނގިއްޔަށް މިއަދު ސީ އެމްބިއުލާންސްއެއްގައި ގެންދިޔައީ ގދ. ތިނަދޫއިން ޕޮޒިޓިވްވި ފިރިހެން މީހާއެވެ. ނަމަވެސް އެމީހާ އެ ރަށަށް ދެކޮޅު ހަދައި އެކަން ހުއްޓުވިއެވެ. 

ގދ. އާއި ގއ. އަށް ކޮވިޑް ފެސިލިޓީ ގާއިމްކޮށްފައިވަނީ ވިލިނގިލީގައެވެ. އެމީހާ ރަށަށް ގެނެސް ފަރުވާ ދިނުމުގެ ތައްޔާރީތައް ވެސް އެ ފެސިލިޓީގައި ވަނީ ވެފައެވެ. ނަމަވެސް މީހާ ރަށަށް ނޭރުވުމުން އަނބުރާ ތިނަދޫ މިހާރު ވަނީ ގެންގޮސްފައެވެ. އެމީހާ ވިލިނގިލީ ފަޅު ތެރޭގައި ލޯންޗުގައި ތިން ގަޑިއިރެއްހާއިރު މަޑުކުރިއެވެ. 

މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ ދައުލަތުން ބޮޑު ހަރަދެއްކޮށްގެން ކޮވިޑްއަށް ފަރުވާދޭން ފެސިލިޓީއެއް ރަށެއްގައި ގާއިމްކުރުން އެއީ މުހިންމު ކަމެއް ކަމަށާއި ލާމަރުކަޒީ ނިޒާމްގެ ތެރެއިން ރާއްޖޭގެ ސިއްހީ ނިޒާމަށް މި ގެންނަ ބަދަލު ބަލައިގަންނަންޖެހޭ ކަމަށެވެ. 

ނަމަވެސް މިއަދު ވިލިނގިލީގައި ބަޔަކު ނުކުމެ މުޒާހަރާކުރީ އިދިކޮޅުގެ ތާއިދާއެކު ކަމަށެވެ. ނަމަވެސް މިފަދަ ކަންކަމަކީ ސިޔާސީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. 

"މިއީ ޕާޓީ މައްސަލައެއް ނޫން، މިއީ އިޖުތިމާއީ މައްސަލައެއް، މިފަދަ ކަންކަން ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ،" ފިރުޝާން ވިދާޅުވިއެވެ. 

ބަލި މީހާ ތިން ގަޑިއިރު ވަންދެން ފަޅު ތެރޭގައި އޮންނަން ޖެހުނުއިރު ފުލުހުންނަށް މިކަމުގައި ފިޔަވަޅެއް ނޭޅުމުން ކަންބޮޑުވާ ކަމަށް ވެސް ވިދާޅުވިއެވެ. މުޒާހަރާ ކުރަން ތިބި މީހުން ބޮޑި އަޅުވައިގެން ހައްޔަރުކޮށްގެން ވިޔަސް ބަލި މީހާއަށް އެ ދޭން ޖެހޭ ފަރުވާ ދޭން ޖެހޭނެ ކަމަށެވެ. މީހެއްގެ ސިއްހީ ހިދުމަތަށް ހުރަސް ނޭޅޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

ހުވަދޫ ރައްޔިތުންގެ ނަމުގައި ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލު ކުރުމަށް ފިރުޝާން ގޮވާލެއްވިއެވެ. 

"ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި ދެރަވެފައި ވަރަށް ދެރަ ކަމެއް، ހިނގައިދިޔަ ގޮތެއް ބަލައި ހުރަސް އެޅި މީހުންނަށް ހަރުކަށި އަދަބު ދޭން ގޮވާލަން،" ފިރުޝާން ވިދާޅުވިއެވެ.  

މެންބަރު އަބްދުﷲ ސަނީފު ވިދާޅުވީ ވިލިނގިލީގައި ފެސިލިޓީ ހެދުމުގެ ސަބަބުން މުޅި ހުވަދޫ ރައްޔިތުންނަށް ކޮވިޑް ފެސިލިޓީއިން މަހުރޫމްވެގެން ދިޔައީ ކަމަށެވެ. އެހެންކަމުން އެ ފެސިލިޓީ ތިނަދޫ ނުވަތަ އެހެން ރަށަކަށް ނަމަވެސް ބަދަލު ކުރަން އެބަޖެހޭ ކަމަށެވެ. 

"ސަރުކާރުގެ ބާރާއި ނުފޫޒު ނުފޯރާ ތަނެއްގައި ދައުލަތުގެ އެއްވެސް އިދާރާއެއް ބެހެއްޓިގެން ނުވާނެ، މިހާރުން މިހާރަށް ބަދަލުކޮށް އެހެން ތަނެއްގައި ހިދުމަތް ދިނުމަށް ފަށަން ގޮވާލަން،" ސަނީފް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.